ޚަބަރު ރިޕޯޓް ކުޅިވަރު ކޮލަމް,
ރިހި މެޑަލް ހޯދި ޓީމަށް ހާއްސަ ހަފްލާއެއް މާދަމާރޭ
Posted by Unknown
Published on Monday, August 19, 2013
ޖުލައި މަހުގެ ބާރަ އިން ފަނަރައަށް ނޭޕާލްގައި
ބޭއްވި ފުރަތަމަ ސައުތު އޭޝިއަން ވޮލީބޯޅަ މުބާރާތުގެ ރިހި މެޑަލް ހޯދި
ގައުމީ ވޮލީބޯޅަ ޓީމަށް ބާއްވާ ހާއްސަ ހަފްލާއެއް މާދަމާ ރޭ ނަސަންދުރައިގަ
ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.
ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ ހުސައިން މުޙައްމަދު ވިދާޅުވީ ރާއްޖެއަށް ބައިނަލް އަގުވާމީ މުބާރާތަކުން ރިހި މެޑަލް ހޯދި ޓީމަށް ބާއްވާ ހާއްސަ ހަފްލާގައި ވޮލީގައި އެކި ގޮތްގޮތުން ފާހަގަ ކުރެވޭ ގިނަ ފަރާތްތަކުން ބައިވެރިވާނެ ކަމަށެވެ.
މި ހަފްލާގައި ގައުމީ ޓީމަށް އެސޯސިއޭޝަނުންދޭ ހަދިޔާ އާއި ހާއްސަ ފިލައެއްގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުން ބުނެއެވެ. ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި އަލަށް ބޭއްވި މި މުބާރާތުގެ ފުރަތަމަ މެޗުގައި ރާއްޖެ ލަންކާއަތުން ބަލިވި ނަމަވެސް ގްރޫޕް ސްޓޭޖްގައި ރާއްޖެ ވަނީ އަފްއާނިސްތާނާއި ނޭޕާލް ބަލިކޮށްފަ އެވެ.
މުބާރާތުގެ ފައިނަލް މެޗުގައި ރާއްޖެ އިން ލަންކާއަށް ވަރުގަދަ ފައިޓެއް ދިން ނަމަވެސް މި މެޗުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުން ނެވެ. އެތައްހާސް ސަޕޯޓަރުންނާއި އަދި ނޭޕާލް ޓީމާއި ދެކޮޅަށް ކުޅެ ރާއްޖެ ބައިނަލް އަގުވާމީ މުބާރާތަކުން މެޑަލް އެއް ކަށަވަރު ކުރި މެޗު ރާއްޖޭން ކާމިޔާބު ކުރީ 25-17، 25-19 އަދި 25-22 ހުން ނެވެ.
ހުސައިން ވިދާޅުވީ މެޑަލް ހޯދި ޓީމުގެ ޝަރަފްގައި ބާއްވާ ހަފްލާ ވެގެންދާނީ ގިނަކަންތައް ތަކެއް ފެނިގެންދާނެ ހަފްލާއަކަށް ކަމަށެވެ. ފުރަތަމަ ސައުތުއޭޝިއަން މުބާރާތުގެ ރިހި މެޑަލް ރާއްޖެ ހޯދި އިރު މުބާރާތުގެ ދެ މަގާމެއް ދިވެހި ކުޅުންތެރިން ހޯދާފައިވެ އެވެ. މުބާރާތުގެ އެންމެ މޮޅު ސްޕައިރަކަށް ރާއްޖޭގެ ޒުވާން އުންމީދީ ކުޅުންތެރިއާ އަލީ ހުޒާމް ހޮވުނު އިރު، އެންމެ މޮޅު ލިބެރޯއަކަށް ހޮވުނީ ރާއްޖޭގެ ޖުނެއިދު އަބްދުﷲ އެވެ.
މި މުބާރާތުން ރާއްޖެއަށް މެޑަލް ހޯދުމުގެ ކުރިން ބައިނަލް އަގުވާމީ މުބާރާތަކުން ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީ އަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހަތަރު ވަނަ މަގާމް ލިބުމެވެ.
ދިވެހި ޓީމު އެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި މަޔޯޓޭ އާއި މޮރިޝަސް އަތުން މޮޅުވެ މުބާރާތުގައި މެޑަލް އެއްގެ އުންމީދު އާކުރި ނަމަވެސް އެ އުންމީދު ގެއްލިގެންދިޔައީ ވާދަވެރި ކުޅުމަކަށް ފަހު ރިޔޫނިއަން އަތުން ސެމީގައި ބަލިވެ، ތިން ވަނަ ހޮވި މެޗުގައި މަޑަގަސްކަރަ އަތުން ބަލިވުމުން ނެވެ.
މި މުބާރާތް ވެގެންދިޔައީ ރާއްޖޭގެ ވޮލީބޯޅަ ޓީމަށް ބައިނަލްއަގުވާމީ މުބާރާތެއްގެ ސެމީން ޖާގަ ލިބުނު ދެވަނަ ފަހަރަށެވެ. ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖެ އަށް ސެމީން ފުރަތަމަ ފަހަރަށް ޖާގަ ލިބިފައިވަނީ 2010 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާފް ގޭމްސްގަ އެވެ. އޭގެ ކުރިން ރާއްޖޭގެ ވޮލީ ޓީމު ބައިނަލްއަގުވާމީ މެޗަކުން މޮޅުވެފައިވަނީ 2004 ވަނަ އަހަރު އިސްލާމްއާބާދުގައި ބޭއްވި ސާފް ގޭމްސްގައި އަފްގާނިސްތާން އަތުން އެކަންޏެވެ.

0 comments
Readers Comments