މަރުޙަބާ!
twitter facebook rss

,

"ނަޝީދު އިންޓަވަލްގަޑީގައި ގެއަށް ވަޑައިގަންނަވާނީ ކުލާހުގައި ތިއްބަވާއެންމެ ފަޤީރުކުދިން ގޮވައިގެން، އެބޭފުޅާއަކީ ފަޤީރުންނަށް ވަރަށްއޯގާތެރިބޭފުޅެއް"

ރައީސް ނަޝީދު ސުކޫލު އިންޓަވަލްގަޑީގައި ގެއަށް ވަޑައިގަންނަވާނީ ކުލާހުގައި ތިއްބަވާއެންމެ ފަޤީރުކުދިން ގޮވައިގެން ކަމަށާއި އެބޭފުޅާއަކީ ފަޤީރުންނަށް ވަރަށްއޯގާތެރިބޭފުޅެއްކަމަށް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ މަންމާފުޅު އާބިދާ އަހްމަދު ވިދާޅުވީ ސުކޫލަށް ނަޝީދު ވަޑައިގަންނަވާއިރުވެސް އަބަދުވެސް ދެވައްތަރުގެ އެއްޗިހި ގެންދާކަމަށާއި އެއީ ކީއްކުރަންގެންދާ އެއްޗެއްތޯ އެހުމުން ޖަވާބުގައި ވިދާޅުވަނީ އެއީ ކުލާހުގައި ތިބޭ ފަޤީރުކުދިންނަށް ނުލިބޭތީވެ އެކުދިންނަށް ގެންދާ އެއްޗިހި ކަމަށެވެ.

"އިންޓަވަލް ގަޑިއަށް މިގެއަށް އަންނާނެ ސައިބޯން. އަންނައިރުވެސް އަންނާނީ ކުލާހުގައި ތިބޭ އެންމެ ފަޤީރު ދެކުދިން ގޮވައިގެން. ދެން އަނެއްކާ ސުކޫލަށް ދާއިރު އެންމެ ފަންސުރެއް ނޫނީ އެންމެ ރަބަރެއް އޮވެގެން ކަމަކުނުދާނެ. އަބަދުވެސް ކޮންމެ އެއްޗެއްގެ ދެވައްތަރު. ކީއްކުރަންހޭ ބުނުމުން ބުނާނެ ނުލިބެޔޭ އެކުއްޖާއަކަށް. އޭރުވެސް އަޅުގަނޑަށް ޖެހޭ މައްސަލައެއް ހަނދާންނެތިގެންވެސް އޭއްޗިހި ނެތިއްޔާ އޭނާ ސުކޫލަކަށް ނުދާނެ. "ނަޝީދުގެ މަންމާފުޅު ވިދާޅުވިއެވެ

ރައީސް ނަޝީދުގެ މަންމާފުޅު ވިދާޅުވީ އެގޭ ބަދިގޭގަ ރާއްޖެތެރޭ ރަށްރަށުގެ ކުދިންނަށް ކާންދޭތީ އެކަމާ އެބޭފުޅާ ވަރަށްބޮޑަށް ނުރުހުންވާކަމަށެވެ. އަދި ސައުތުއެފްރިކާމީހުން ތަފާތުކުރަނީއޭ މަންމަމެން ބުނާނެކަމަށާއި، އަދި އެއްގޮތަކަށްވެސް އެކަންތަކެއް އެގޭގައި ނުކުރެވޭނެކަމަށާއި ރާއްޖެތެރޭ ކުދިން ގޮވައިގެން ފަރިއްކުޅުވާނީވެސް މޭޒުގައި ކަމަށެވެ.

ރައީސް ނަޝީދުގެ މަންމާފުޅުވިދާޅުވީ އެބޭފުޅާއަކީ ވަރަށްބަސްއަހާ ރަނގަޅުކުއްޖެއް ކަމަށާއި، ވަރަށް ރުޅިމަޑުކުއްޖެއް ކަމަށެވެ.

0 comments

Readers Comments

Latest Posts

އިޝްތިހާރު ކުރުމުގެ ފުރުޞަތު

Featured Video

އިޝްތިހާރު ކުރުމުގެ ފުރުޞަތު

އިޝްތިހާރު ކުރުމުގެ ފުރުޞަތު

Visit Nepal Info and Guide