މަރުޙަބާ!
twitter facebook rss

,

ލ.ކުނަހަންދޫގައި ޑޮކްޓަރެއް ނެތްތާ 6 މަސްދުވަސް


ލ.ކުނަހަންދޫގައި ޑޮކްޓަރެއް ނެތްތާ 6 މަސްދުވަސްވެފައިވާ ކަމަށް ކުނަހަންދޫ ރަށު ކައުންސިލުން ބުނެފިއެވެ.
 
ކުނަހަންދޫ ރަށު ކައުންސިލް މެމްބަރު ލިރުޤާމް ސައީދު ވިދާޅުވީ ކުނަހަންދޫ ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތްތާ 6 މަސްދުވަސްވެފައިވާ ކަމަށާއި، ޑޮކްޓަރެއް ނެތުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން ވަރަށް ދަތިހާލުގައި އުޅެމުންދާ ކަމަށެވެ.

ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތިގެން ހެލްތް މިނިސްޓްރީގެ އިތުރުން ސަރުކާރުގައިވެސް ވަރަށް ގިނައިން ދަންނަވާފައިވާނެ ކަމަށާއި، ނަމަވެސް ސަރުކާރުން މިކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުދެއްވާ ކަމަށް ލިރުޤާމް ވިދާޅުވިއެވެ.

ލިރުޤާމް ވިދާޅުވީ މި ދުވަސްވަރަކީ އެ ރަށުގައި އަރިދަފުސް ރޯގާ އާއި ބޭރަށް ހިނގުން ފެތުރެމުންދާ ދުވަސްކޮޅަކަށް ވުމާއެކު، ރަށުގައި ޑޮކްޓަރަކު ނެތިގެން ރައްޔިތުން ވަރަށް ދަތިހާލުގައި އުޅެމުންދާ ކަމަށެވެ.

ސިއްޙީ މަރުކަޒުގައި ޑޮކްޓަރަކު ނެތުމުގެ ސަބަބުން ކާރީގައި އޮންނަ ލ.ހިތަދޫ ސިއްހީ މަރުކަޒަށް ދާން ޖެހޭތީ ރައްޔިތުންގެ ޖީބުން ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭ ކަމަށާއި، އެގޮތުން ދަތުރަކަށް 625 ރުފިޔާ ރައްޔިތުމީހާގެ ޖީބުން ޚަރަދުކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ރަށުން ބޭސް ލިބެން ނެތުމަކީވެސް ރަށުން އުފުލަންޖެހިފައިވާ ތަކުލީފެއް ކަމަށާއި، މިކަމުގައި އިންތިޚާބަކާއި ނުލާ ވެރިކަމަށް އަރާވަޑައިގެން ހުންނެވި ވަހީދު ހަސަން މަނިކުގެ އިހްމާލް ވަރަށް ބޮޑު ކަމަށް ލިރުޤާމް ވިދާޅުވިއެވެ.

ކުނަހަންދޫ ރައްޔިތުން ޑޮކްޓަރެއް ނެތި އުޅޭތާ 6 މަސްދުވަސްވެފައިވާއިރުވެސް އިންތިޚާބަކާއި ނުލާ ވެރިކަމަށް އަރާވަޑައިގެން ހުންނެވި ވަހީދު ހަސަން މަނިކު ވިދާޅުވީ އެ މަނިކުފާނަކީ ރައްޔިތުންނަށް އަޅާލާ އޯގާތެރިވެރިއެއް ކަމަށެވެ.

ލ. ކުނަހަންދޫގައި ޑޮކްޓަރަކު ނެތި 6 މަސްވެފައިވާއިރު، ލ. ފޮނަދޫ ސިއްހީމަރުކަޒުގައިވެސް ޑޮކްޓަރަކު ނެތްތާ 3 މަސްވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ފޮނަދޫގައިވެސް މިވަގުތު ބޭރަށް ހިންގުމާއި ރޯގާގެ އިތުރުން، ފާނަބަސަންދާއި ލޮލުރޯގާވެސް ފެތުރެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. 

މަސްދަރު: ރާއްޖެ.އެމްވީ

0 comments

Readers Comments

Latest Posts

އިޝްތިހާރު ކުރުމުގެ ފުރުޞަތު

Featured Video

އިޝްތިހާރު ކުރުމުގެ ފުރުޞަތު

އިޝްތިހާރު ކުރުމުގެ ފުރުޞަތު

Visit Nepal Info and Guide