މަރުޙަބާ!
twitter facebook rss

,

އެމްޑީޕީގެ ވެރިކަމެއްގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގައެއް ނޯންނާނެ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމެއްގައި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ކުޑަވެސް ޖާގައެއް ނޯންނާނެކަމަށް އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ ކ.ގުރައިދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި މިރާއްޖޭގައި އެހެން އެއްވެސް ދީނަކަށް ފުރުސަތު ނުދެއްވާނެކަމަށެވެ.

މީގެ ކުރިން ދަންނަބޭކަލުންނާއި ޝޭހުންނަށް ދެއްކެނީ ހަމައެކަނި ދައުލަތުން ބުނި އެއްޗެއްކަމަށާއި އޭގެ އިތުރަށް ކުޑަ މިންވަރެއް ބުނެދިނަސް އޮންނަނީ އަނދަގޮނޑި ޖަހާފައިކަމަށާއި، އެމްޑީޕީން ވެރިކަމަށް އަރާ އެކަންތައް ބަދަލުކޮށްލި ކަމަށް ރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވިއެވެ. އަދި ހެޔޮލަފާ ދީނީ ނަސޭހަތް ލައިދިނުމުގެ ފުރުސަތު ދަންނަ ބޭކަލުންނާއި ޝެއިހުންނަށް ހުޅުވާލީ އެމްޑީޕީ ސަރުކާރުން ކަމަށާއި، އެކަން ރާއްޖޭގެ ރައްޔިތުންނަށް ވިސްނޭކަމަށް ނަޝީދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނާއި އެމްޑީޕީއާއި ބެހޭ ގޮތުން ހަޤީޤަތާއި ހިލާފު ވާހަކަތަކެއް އެކި ފަރާތްތަކުން ދައްކަމުންދާ ކަމަށެވެ. މިކަމަށް ރައްދު ދެމުން ނަޝީދު ވިދާޅުވީ، “އިސްލާމް ދީނަކީ އަޅުގަނޑުމެންގެ ހިތްތަކުގައި އެންމެ މަތިވެރި މަގާމް ދެވިފައިވާ ކަންތައް”ކަމަށެވެ.

0 comments

Readers Comments

Latest Posts

އިޝްތިހާރު ކުރުމުގެ ފުރުޞަތު

Featured Video

އިޝްތިހާރު ކުރުމުގެ ފުރުޞަތު

އިޝްތިހާރު ކުރުމުގެ ފުރުޞަތު

Visit Nepal Info and Guide